މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު، 11 މީހަކަށް އަނިޔާވި

ސަން

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:45

މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖު ހިމެނޭ ގޮތަށް، 46 އެކްސިޑެންޓު ހިނގައި، އެގާރަ މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިރޭ ފުލުހުން ވަނީ، މާލެއާއި ސިނަމާލެ ބުރިޖުގައި މިދިޔަ ހަފުތާގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ޖުމުލަ 46 އެކްސިޑެންޓެއް ހިނގާފައިވާއިރު، އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އޭގެ ޖެހިގެން އައި ހޯމަ ދުވަހު އަށް އެކްސިޑެންޓެއް ހިނގާފައިވާއިރު، ޖެހިގެން އައި ތިން ދުވަހު އެ އަދަދު ހުރީ ހައެއްގައެވެ. އޭގެފަހުން، މިދިޔަ ހުކުރު ދުވަހު ހިނގީ ހަތަރު އެކްސިޑެންޓެއް ނަމަވެސް، އިއްޔެ ވަނީ ހަ އެކްސިޑެންޓު ހިނގައިފައެވެ.

މައުޟޫޢުތަށް