ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހި، އަނިޔާވި އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެނީ
ސަން
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:20
ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި، ދެ އަންހެނުންނަށް އަނިޔާވެ، އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލައެއް މިއަދު 07:44 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލުގައި ތިބި ދެ އަންހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި، ސައިކަލު ދުއްވި މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް ފުލުހުން ބުނެއެވެ.