އުދައްޔުގެ ވާރިސުން އެދުނު ގޮތަށް، ގާތިލުން މަރަން ހުކުމްކޮށްފި

ސަން

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:39

މީގެ ހަތަރު އަހަރު ކުރިން، ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރާލިކަން ސާބިތުވީ ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފެބްރުއަރީ އަށެއް، 2021ގައި ހިނގި އެ މާރާމާރީގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު ވެސް ޒަޚަމުކޮށްފައިވެއެވެ. އެގޮތުން އޭނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.

ފިރުޝާނަށް ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނެވެ. އުދައްޔުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ.

މައުޟޫޢުތަށް