ފަޅު ގެއެއްގައި ގުރޫޕަކުން ކުޑަކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް، ފުލުހުން މައްސަލަ ބަލަނީ

ސަން

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:22

އުތުރުގެ ރަށެއްގައި، ގުރޫޕަކުން ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، ފަޅު ގެއެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެނެއެވެ. އެގޮތުން ފުރަތަމަ ފިރިހެން ކުއްޖަކު ގޮށްމުށުން ކުއްޖާގެ ބޮލުގައި އެކި ފަހަރު މަތިން ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ކުއްޖާގެ ގައިގައި ފައިން ޖަހައި، ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މައުޟޫޢުތަށް