އާޒިމާ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ
ސަން
29 ސެޕްޓެމްބަރު 2025 | ހޯމަ | 9:07
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑު އެހުމެއް މިއަދު ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކޯޓުގައި މިހާރު ހަ އަހަރުވެފައިވާ މި މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާއެކެވެ. ދެހާސް ނަވާރަ ވަނަ އަހަރު ހުށަހެޅުނު މި ދެ މައްސަލައަކީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުވި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް ދަށު ކޯޓުން ޔާމީނަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އާޒިމާގެ މައްސަލަ ސެޑިއުލް ކޮށްފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާއިރަށެވެ.