އެޗްއެސްސީ ދިވެހި ޕޭޕަރާ ގުޅިގެން އެތައް ފާޑުކިޔުމަކާއި ކަންބޮޑުވުމެއް!
ސަން
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:01
މި އަަހަރުގެ ހަޔަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ކިޔުމުގެ ދޭހައަކާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ އެތައް ކަންބޮޑުވުމަކުން މުޅި ސޯޝަލް މީޑިއާ ފުރިއްޖެއެވެ.
ބައެއް ދަރިވަރުންނާއި، ބެލެނިވެރިން އަންނަނީ ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައާއި މަޒުމޫނު ލިޔުމަށް ދިން މައުޟޫއާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ. އެ ގޮތުން އެއް ކަމަކަށް ދަރިވަރުން ފާހަގަކުރަނީ، ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައަކީ، ސަރުކާރު ސްކޫލެއްކަމަށްވާ ސީއެޗްއެސްއީގެ ހުޅުމާލޭ ސްކޫލުގެ ދަރިވަރުންނަށް މީގެ ކުރިން ދީފައިވާ, އަދި އެ ސްކޫލުގެ ދިވެހި ކޭމްޕުގައި މަޝްވަރާ ވެސް ކޮށްފައިވާ ދޭހައަކަށް ވުމެވެ.
އަނެއް ކަމަކަށް ފާހަގަ ކުރާ ކަންބޮޑުވުމަކީ މި ޓެސްޓް ޕޭޕަރުގައި މަޒުމޫނު ލިޔުމަށް ދީފައިވާ މައުޟޫ ވެސް ހުޅުމާލެ ސީއެޗްއެސްސީގެ ދަރިވަރުން ކުރިން ހަދާފައިވާ މައުޟޫއާ އަކަށް ވުމެކެވެ.