ހަވާލުނުވާ ޕާސްޕޯޓުތައް ނަގަން ޑިސެމްބަރުގެ ނިޔަލަށް ވަގުތު ދިނުމަށްފަހު ކެންސަލްކުރަނީ

ސަން

29 ސެޕްޓެމްބަރު 2025 | ހޯމަ | 1:08

ބައެއް މީހުން ޕާސްޕޯޓު ހެއްދުމަށްފަހު އެ ނުނަގާ ގިނަދުވަސް ވާތީ މި އަހަރު ނިމުމުގެ ކުރިން ނުނަގާ ހުރި ޕާސްޕޯޓުތައް ކެންސަލްކުރާނެކަމަށް، އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓު ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ގިނަ ދުވަސްތަކެއް ވަންދެން އެއާ ހަވާލުނުވާކަން އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެއާއެކު، އިމިގްރޭޝަނުން ވަނީ، ޕާސްޕޯޓު ހެއްދިތާ ހަ މަހަށް ވުރެ ގިނަ ދުވަސްވީ ފަރާތްތަކުން މިއަހަރު ނިމުމުގެ ކުރިން ޕާސްޕޯޓު ނެގުމަށް އިލްތިމާސްކޮށްފައެވެ. ނޫންނަމަ އެ ޕާސްޕޯޓުތައް ކެންސަލްކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މައުޟޫޢުތަށް