ކަންބޮޑުވުން އޮތް ދިވެހި ޕޭޕަރު: މިނިސްޓްރީން ބުނީ އެއްވެސް މައްސަލައެއް ނެތްކަމަށް
ސަން
29 ސެޕްޓެމްބަރު 2025 | ހޯމަ | 2:01
މި އަަހަރުގެ ހަޔާ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ކިޔުމުގެ ދޭހައަކާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ އެތައް ކަންބޮޑުވުމެއް އޮތް ނަމަވެސް، އެ ޕޭޕަރުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ބައެއް ދަރިވަރުންނާއި، ބެލެނިވެރިން އަންނަނީ ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައާއި މަޒުމޫނު ލިޔުމަށް ދިން މައުޟޫއާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ.
އެ ގޮތުން، އެއް ކަމަކަށް ދަރިވަރުން ފާހަގަކުރަނީ، ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައަކީ، ސަރުކާރު ސްކޫލެއްކަމަށްވާ ސީއެޗްއެސްއީގެ ހުޅުމާލޭ ސްކޫލުގެ ދަރިވަރުންނަށް މީގެ ކުރިން ދީފައިވާ, އަދި ދިވެހި ކޭމްޕުގައި މަޝްވަރާ ވެސް ކޮށްފައިވާ ދޭހައަކަށް ވުމެވެ.