ކޮރަޕްޝަން ހުއްޓުވުމަށް، އޭސީސީއިން މައްސަލަ ނިންމަން މުއްދަތެއް ކަނޑައަޅަން ޖެހޭ!
ސަން
29 ސެޕްޓެމްބަރު 2025 | ހޯމަ | 5:37
ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަތައް ފުޅާވާ އެއް ސަބަބަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ މައްސަލަތައް ނުބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ގެންގުޅުއްވާ ސިޔާސަތުތައް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ކުންފުނި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރަށް ޖަލަށް ލާން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޝަމީމް ލިޔުއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ މުއްސަނދި، ތަނަވަސް، ވަސީލަތްތައް ގިނަ ގައުމެއް ކަމަށެވެ. ނަމަވެސް، ކޮރަޕްޝަނަށް ކަނޑާ ބައިގެ ސަބަބުން ފަގީރުވެފައިވާ، ނިކަމެތި ގައުމެއް ކަމަށެވެ.