މަސް ގަންނަ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެކަން ޔަގީންވުމުން: ރައީސް
ސަން
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:11
މަސް ގަންނަ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑި ކުރެވޭނެކަން ޔަގީންވުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސް ވަނީ ކެޔޮޅުންނާ ބައްދަކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ކެޔޮޅުންވަނީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން އެ މަނިކުފާނާ ހިއްސާކޮށްފައެވެ.