އެތައް އަހަރަކުން ވެސް ކިޔެވުމަށް އޮތް ލޯބި ފަނޑުނުވެ، ޝައްފާން ރާއްޖޭގެ ތާރީޚުގެ ތެރެއަށް

ސަން

29 ސެޕްޓެމްބަރު 2025 | ހޯމަ | 10:58

އެކި ގައުމުތަކުގެ ލީޑަރުންނާއި، އެވޯޑުތައް ހާސިލުކޮށްފައިވާ ސައިންސުވެރިންނަށް އުނގަންނައިދިން އޮކްސްފޯޑް ޔުނިވާސިޓީން ޖާގައެއް ހޯދުމަކީ އިންތިހާއަށް ދަތިކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަރަށް ގިނަ ދަރިވަރުންގެ އުއްމީދެއް ނަމަވެސް، ހާސިލުކުރަން ދަތިވާ ޝަރަފެކެވެ. ނަމަވެސް އުނގެނުމަށް އޮތް ލޯތްބާއެކު އަޙްމަދު ޝައްފާން މުޙައްމަދު ވަނީ، މި ކުޑަ ރާއްޖެއާ ހަމައަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕީއެޗްޑީއެއް ވާސިލުކޮށްދީފައެވެ.

ޝައްފާން ފާހަގަވެފައިވަނީ ހަގު އުމުރުން ފެށިގެން ވެސް ވަރަށް ހުނަރުވެރި ދަރިވަރެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސްކޫލުތައް ކަމަށްވާ، މަޖީދިއްޔާ ސްކޫލުން ސާނަވީ ތައުލީމާއި ސީއެޗްއެސްސީން މަތީ ސާނަވީ ނިންމެވީ މަތީ އަރުތަވެރިންގެ ތެރޭގައި ހިމެނިގެންނެވެ.

ސީއެޗްއެސްސީގެ 'ބެސްޓް އޯލް ރައުންޑް' ދަރިވަރުކަން ހޯއްދެވި ޝައްފާނަށް، ރައީސްގެ ސްކޮލާޝިޕް ލިބިވަޑައިގަތެވެ. އެއާއެކު 2015ގައި އިނގިރޭސިވިލާތުގެ ކިންގް ކޮލެޖަށް ވަޑައިގެން، ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވިއެވެ.

މައުޟޫޢުތަށް