އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކެއް އެމެރިކާއިން ހަދިޔާކޮށްފި

ސަން

29 ސެޕްޓެމްބަރު 2025 | ހޯމަ | 11:58

އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކެއް އެމެރިކާ ސަރުކާރުން މިއަދު ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން އެމްއެންޑީއެފާ މި އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮންއެވެ. އަދި، އެމްއެންޑީއެފްގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ހަދިޔާކުރި ތަކެތީގެ ތެރޭގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަށާއި އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ބޭނުންވާ ކޮމްބެޓް ޑައިވިން އިކުއިޕްމަންޓާއި ޕަސަނަލް ގިޔަގެ އިތުރުން، އޮޕަރޭޝަނަލް އިކުއިޕްމަންޓް ހިމެނެއެވެ.

އެތަކެތީގެ ސަބަބުން، އެމްއެންޑީއެފްގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުޟޫޢުތަށް