އެމްއެމްޕީއާރުސީ ބޮޑު ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ: ވަކީލް މުއިއްޒު

ސަން

30 ސެޕްޓެމްބަރު 2025 | އަންގާރަ | 9:40

ރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ހެކި ހޯދަން ކޮންފަރެންސެއް ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށާއި، ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކޮޅެއްގައި ޖައްސަން ޖެހޭ ކަމަށް، ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނާއި ނަހަމަގޮތުގައި މަގާމުގެ ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހްލީލުކުރުމަށް ކޮންފަރެންސެއް ބާއްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރައްވާފައި ވަނިކޮށެވެ.

"ރަނގަޅު ކަމެއް، އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ފަހަތުން އަދި އެބަ ދާން ޖެހޭ، އެކަން ހަނދާން ނައްތާލައިގެން ނުވާނެ،" ނަޝީދުގެ ޕޯސްޓް ކޯޓުކުރައްވައި 'އެކްސް'ގައި މުއިއްޒު ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް