އޭޓީއެމްގެ ޚިދުމަތް އެއްކޮށް ފުޅާކުރި 16ވަނަ އަތޮޅަކަށް ރ. އަތޮޅު

ސަން

30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:22

ރ. ފައިނުގައި އިއްޔެ އޭޓީއެމްގެ ޚިދުމަތް ފަށައި، މުޅި އެ އަތޮޅުގައި ގައުމީ ބޭންކް ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފިއެވެ.

މިއަދު ފައިނުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބޭންކުގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބެވެ.

މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އޭޓީއެމް ބަހައްޓައި ނިންމި 16 ވަނަ އަތޮޅެވެ.

މައުޟޫޢުތަށް