10،000 ރުފިޔާގެ އިނާމު ލިބޭ ދިރާގުގެ ޓިކްޓޮކް ޗެލެންޖެއް
ސަން
30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:29
ދިހަހާސް ރުފިޔާގެ އަގުހުރި އިނާމަކާއެކު، ޚާއްސަ ޓިކްޓޮކް ޗެލެންޖެއް ދިރާގުން ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ މި ޗެލެންޖުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން "ދިރާގު ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ލަވަ "ނޫރާޅާ ޖައްސާލާ" އަށް ކޮންޓެންޓް ތައްޔާރުކޮށް، ދިރާގުގެ ޓިކްޓޮކް އެކައުންޓަށް ފޮލޯކޮށް ޓެގްކުރުމަށް ފަހު #2 ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ.
މި ޗެލެންޖުގައި ބައިވެރިވުމަށް ޓަކައި ހަދަން ޖެހޭނެ ގޮތަކީ ދިރާގުގެ ޓިކްޓޮކް ޕްރޮފައިލްގައި އެންމެ ފުރަތަމައަށް ޕިންކޮށްފައިވާ ޕޯސްޓުގައިވާ ލަވަ، "ނޫރާޅާ ޖައްސާލާ"ގެ އަޑުކޮޅު ބޭނުންކޮށް ވީޑިއޯއެއް ތައްޔާރުކޮށްލުމެވެ. މި ވީޑިއޯގައި ދިރާގު ޓެގްކޮށް، ހޭޝްޓެގް ވެސް ޖަހަން ޖެހޭނެއެވެ.