"ކުޅިވަރު ވުޒާރާގެ ޚަރަދުކުޑަކުރަނީ ވަސީލަތްތައް މަރާމާތުކުރާ ޚަރަދުކުޑަކޮށްގެން"

ސަން

30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:51

ކުޅިވަރު ވުޒާރާގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދަނީ ކުޅިވަރު ވަސީލަތްތައް މަރާމާތުކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރު ވުޒާރާއިން ވެސް އަންނަނީ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލައި މަސައްކަތްކުރަމުންނެވެ. މިގޮތުން ޕޮލިސީތަކާއި ޓެކްނިކަލް ކަންކަމުގައި ވެސް ވުޒާރާއިން އަންނަނީ ބޭނުންވާ ބަދަލުތައް ގެންނަމުންނެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ކުޅިވަރު ވުޒާގެ އޮޓިޑެއް ކުރުންކަމަށާއި، އޮޑިޓަށްފަހު އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

މައުޟޫޢުތަށް