ގައުމީ ގުރުއާން މުބާރާތުން 1ވަނަ ހޯދުމުން އިނާމަކަށް އެއްލައްކަ ރުފިޔާއާއެކު ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު
ސަން
30 ސެޕްޓެމްބަރު 2025 | އަންގާރަ | 12:20
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ އެކި ގޮފިތަކުން، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިންނަށް އެ މީހަކު ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލަޝިޕް ދޭން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރު އެ މަނިކުފާނު އިއުލާނުކުރެެއްވި ކަމަށެވެ.
"އެއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް،" ރައީސް ވިދާޅުވިއެވެ.