ޓެކްނިކަލް މައްސަލައަކާ ހެދި ވީއައިއޭއަށް ވަންނަ ދިމާލުގައި ހުރި ޓްރެފިކް ލައިޓް ނިވިއްޖެ

ސަން

30 ސެޕްޓެމްބަރު 2025 | އަންގާރަ | 2:58

ޓެކްނިކަލް މައްސަލައެއް ދިމާވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެ، ސިނަމާލެ ބްރިޖްމަތިން ދުއްވާފައި ގޮސް ވެލާނާ އެއާޕޯޓަށް ވަންނަ ޖަންކްޝަންގެ ޓްރެފިކް ލައިޓް ނުދިއްލޭތީ އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ބްރިޖުން ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެދިފައެވެ. އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް