ނުލިބޭ ގަސްތަކަކަށް ކައުންސިލުން 4 މިލިއަން ދިން ކަމުގެ ތުހުމަތެއް؛ އާޒިމް ގޮވައިލެއްވީ ސާބިތުކޮށްދޭން

ސަން

30 ސެޕްޓެމްބަރު 2025 | އަންގާރަ | 6:31

މާލޭ ސިޓީ ކައުންސިލުގެ މިހާރު ކުރިއަށްދާ ދައުރުގައި، ނުލިބޭ ގަސްތަކަކަށް ހަތަރު މިލިއަން ދިން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު ތުހުމަތު ކުރެއްވުމުން، އެ ތުހުމަތު މޭޔަރު އާދަމް އާޒިމް މިއަދު ދޮގުކުރައްވައިފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ، ސިޓީ ކައުންސިލުގެ ގަސް ފިހާރައަށް ކުންފުންޏަކު ވިއްކި ގަސްތަކަކަށް ފައިސާ ނުލިބޭ ކަމަށް ބުނެ ބިލުތަކެއް ކައުންސިލަށް ލިބުނު ކަމަށެވެ. އެއީ ހަތަރު މިލިއަން ރުފިޔާގެ ބިލުކަން އޭނާ ފާހަގަކުރެެއްވިއެވެ.

"އެހެންނަމަވެސް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ކުންފުނިން ހަތަރު މިލިއަން ރުފިޔާގެ ގަސް މާލޭ ސިޓީ ކައުންސިލަށް ޑެލިވާ ހުރި ކަމަކަށް. ޑެލިވަރީ ނޯޓެއްވެސް ނެތް، އިންވެންޓްރީވެސް ނެތް، ގަސްތަކަށްވީ ގޮތެއްވެސް ނެތް، ވިކުނުނަމަ ވިކުރާގަވެސް ހުންނާނެ، އެވެސް ނެތް،" ސައިފް ވިދާޅުވިއެވެ.

މައުޟޫޢުތަށް