އާ އާއިލީ ގާނޫނެއް އެކުލަވާލައި، ގަވައިދު ހެދުން ޝަރުއީ ދާއިރާއަށް ދޭން ޖެހޭ: އުއްތަމަ ފަނޑިޔާރު
ސަން
30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:06
ރާއްޖެއަށް އާއިލާއާބެހޭ އާ ގާނޫނެއް ބޭނުންވާ ކަމަށާއި އެ ގާނޫނުގެ ދަށުން ގަވައިދުތައް ހެދުމުގެ މަސައްކަތް އާއިލީ މިނިސްޓްރީގެ ބަދަލުގައި ޝަރުއީ ދާއިރާއަށް ވީ އެންމެ އަވަހަކަށް ދޭންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އާއިލީ އިޖުރާއަތުގެ ޓްރެއިނިން ޕްރޮގްރާމް ނިންމުމަށް މާލެ އަތޮޅު ހުރާގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ، އާއިލީ އަދުލުގެ ނިޒާމުން ހައްލުކުރަން ޖެހޭ ތިން ކަމެއް ފާހަގަކުރައްވައިފައެވެ.
އާއިލީ މައްސަލަތައް ބެލުމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ފުރަތަމަ ކަމަކީ، މުޖުތަމަޢަށް މިހާރު އައިސްފައިވާ ބަދަލުތަކާ އެކަށޭނެ ޢާއިލީ ޢަދުލުގެ ގާނޫނެއް ނެތުމެވެ.