ސިބްކޯއިން، ރާއްޖެޓީވީއަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމެއް
ސަން
30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:59
ސިބްކޯ ކުންފުނިން، ރާއްޖެ ޓީވީއަށް ބައި މިލިއަނެއްހާ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ، ރާއްޖެ ޓީވީން ސިބްކޯ ކުންފުންޏަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަކަށް ފައިސާ ނުދައްކައިގެން ހުށަހަޅާފައިވާ މައްސަލައެއްގެ ހުކުމެކެވެ.
ސިވިލް ކޯޓުން ހޯމަ ދުވަހު ނިންމި މި މައްސަލައިގެ ހުކުމުގައިވާ ގޮތުން، މިއީ، 2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ޓީވީން ފޮނުވި ކޯޓޭޝަނަކަށް ބިނާކޮށް، ހޯދި ޚިދުމަތާ ގުޅޭ ފައިސާގެ މައްސަލައެކެވެ.