އެމްކިއުއޭގެ ހުއްދައާ ޚިލާފަށް، ބޭރުގައި ޕްރޮގްރާމްތަކެއް ހިންގައި ދަރިވަރުންނަށް ސަނަދު ދިން މައްސަލައެއް

ސަން

30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:24

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތަކެއް ރާއްޖޭން ބޭރުގައި ހިންގާ ކަމުގެ މައްސަލައެއް އެ އޮތޯރިޓީން މިއަދު ފާހަގަކޮށްފިއެވެ.

މިއަދު އެމްކިއުއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ބޭރުގައި ހިންގައި، ބޭރުގެ ދަރިވަރުންތަކަކަށް ސަނަދު ދީފައިވާ ކަމަށެވެ. އެއީ ކޮން މަރުކަޒެއް ކަމެއް އެ އޮތޯރިޓީން ހާމައެއްނުކުރެއެވެ.

އެކަން އެމްކިއުއޭގެ ސަމާލުކަމަށް އައީ، އެ ދަރިވަރުންގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ރައްޖޭން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އަންގައިގެންނެވެ.

މައުޟޫޢުތަށް