ކާބޯތަކެތި ހިމެނޭހެން ގިނަ ބާވަތްތަކެއްގެ އަގު ހިފެހެއްޓުމެއް ނެތި ދަނީ މައްޗަށް: ސްޓެޓްސް ބިއުރޯ

ސަން

1 އޮކްޓޯބަރު 2025 | ބުދަ | 12:34

ކާބޯތަކެތި ހިމެނޭހެން ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ގިނަ ބާވަތްތަކެއްގެ އަގުތައް ދަނީ މަތިވަމުން ކަމަށް, މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އުފެއްދުންތެރިކަން ދަށް ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެކެވެ. ރާއްޖެއަށް މުދާ އެތެރެ ކުރަން ބޭނުން ކުރާ ޑޮލަރުގެ އަގު ބްލެކް މާކެޓުގައި 20 ރުފިޔާއިން މައްޗަށް އަރާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިއީ ޑޮލަރުގެ އަގު މިހާ މައްޗަށް އެރިތާ ފުރަތަމަ ފަހަރު ކަމަށްވާއިރު ތަކެތީގެ އަގުތައް ބޮޑުވަނީ, ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މައުޟޫޢުތަށް