ރާއްޖޭގެ ދަރަނި ލުއިކޮށްދިނުމުގެ ކަންކަން ފައިނަލްވެއްޖެ: ޗައިނާ

ސަން

1 އޮކްޓޯބަރު 2025 | ބުދަ | 12:45

ދިވެހިރާއްޖޭގެ ދަރަނި ދެއްކުން ލުއިކޮށްދޭން ޗައިނާއާ އެކު ކުރަމުން އައި މަޝްވަރާތަކުން އެ ކަންކަން އެއްކޮށް މިހާރު ފައިނަލްވެފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އިއްޔެ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، މާލީ ގޮންޖެހުންތައް ވަނީ ބޮޑުވެފައެވެ.

ޗައިނާގެ 76 ވަނަ ގައުމީ ދުވަހާ ގުޅިގެން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖޭން އެ ގައުމަށް ދައްކަންޖެހޭ ދަރަނި ލުއިކޮށްދިނުމާ ގުޅޭ ގޮތުން ދެ ގައުމުން ކުރަމުން އައި މަޝްވަރާތައް މިހާރު މުޅިން ފައިނަލްވެފައިވާ ކަމަށެވެ.

މައުޟޫޢުތަށް