ލައިސެންސް ނެތް މީހުން ދުއްވުން ގިނަވެ, ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސިފައިން ނުކުމެއްޖެ

ސަން

1 އޮކްޓޯބަރު 2025 | ބުދަ | 1:29

ހުއްދަ ނެތް މީހުން ކަނޑު ދަތުރުފަތުރު ކުރުން އިތުރުވުމުގެ ސަބަބުން އެކިއެކި ހާދިސާތައް ހިނގާތީ, އެމްއެންޑީއެފުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނިގޮތުގައި މި އޮޕަރޭޝަން ފަށަން ޖެހުނީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން ކަމަށެވެ. އޭގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކުރިން ފަރަށް އެރި ދޯންޏެއްގެ ފަޅުވެރިއެއް އެމްއެންޑީއެފުން ސަލާމަތް ކުރަނީ:-- ފޮޓޯ: އެމްއެންޑީއެފްމުޅި ރާއްޖޭގައިހެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ކަނޑު ދަތުރުކުރާ އުޅަނދުތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައި ވޭތޯ އެމްއެންޑީއެފުން އަންނަނީ ބަލަމުންނެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ހިމެނެއެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް އަންނަނީ ބަލައިފާސްކުރަމުންނެވެ.

މައުޟޫޢުތަށް