އުކުޅުވަޅު ހުޅު ބަދަލުކުރުމަށް ރާއްޖެއަށް އައު އޮޕަރޭޝަނެއް ތައާރަފުކޮށްފި

ސަން

1 އޮކްޓޯބަރު 2025 | ބުދަ | 4:19

އުކުޅުވަޅު ހުޅު ބަދަލުކުރުމަށް، ރާއްޖެއަށް އައު އޮޕަރޭޝަނެއް ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ތައާރަފުކޮށްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ކަށީގެ ފަރުވާއަށް ޚާއްސަ ޓީމުން މިއަދު 'އެންޓީރިއާ ޓޯޓަލް ހިޕް ރިޕްލޭސްމެންޓް' ސާޖަރީއެއް ހަދައިފައިވާ ކަމަށެވެ.

އެ ސާޖަރީގައި އިސްކޮށް ހުންނެވީ ހުޅުމާލޭ ހޮސްޕިޓަލުގެ ސާޖަރީ ޑިޕާޓްމެންޓުގެ ހެޑް އަދި އޯތޮޕީޑިކްސް ކޮންސަލްޓެންޓް ޑރ. އާޒިމް އަބްދުލް ޝަކޫރެވެ.

މައުޟޫޢުތަށް