50 ބުރީގެ އިމާރާތަކަށް ވުރެ ވެސް މުހިންމީ ހުނަރުވެރި ޒުވާނެއް ބިނާކުރުން: ރައީސް

ސަން

1 އޮކްޓޯބަރު 2025 | ބުދަ | 8:03

ފަންސާސް ބުރީގެ އުސް އިމާރާތެއް އެޅުމަށްވުރެ ވެސް މުހިންމީ ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ތަރައްގީކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މިއަދު ވަނީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް 300 އަށްވުރެ ގިނަ ޒުވާނުންނާއެކު ފަށައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރިހަމަ ތަރައްޤީ ޙާޞިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމަށެވެ.

މައުޟޫޢުތަށް