އާ މަޝްރޫއެއް ހިންގުމަށް، ޞާލިހުގެ ޤަރާރު އުވައިލައްވައި ހަންކެޑެ މިނިސްޓްރީގެ ދަށަށް

ސަން

1 އޮކްޓޯބަރު 2025 | ބުދަ | 8:43

އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ޤަރާރު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުވާލައްވައި، ހަންކެޑެ ސަރުކާރަށް ނަގައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގަން ރައީސް ޑރ. މުޢިއްޒު މިއަދު ނިންމަވައިފައިވާ ކަމަށެވެ.

އެހެންވެ، ހަންކެޑެ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި 2021ގެ ޑިސެންބަރުގައި ކުރީ ސަރުކާރުގައި ނެރުނު ރައީސްގެ ޤަރާރު، އުވައިލައިފައިވާކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައިވާކަމަށް އެ އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް