ސައިޕްރަސްއަށް ނުގޮސް، ފޮލޯޓިއްލާ އާއެކު ނުރައްކާ ޒޯނުން ދެވުނު އެންމެ ދުރަކަށް ދާން ޝާޒްގެ ޓީމުން ނިންމައިފި
ސަން
1 އޮކްޓޯބަރު 2025 | ބުދަ | 9:31
އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް އެހީ ގެންދާ ގްލޯބަލް ސުމޫދު ފްލޮޓިއްލާ ފަހަތުން 'ނުރައްކާ ޒޯނަށް' ދާން މި ދަތުރުގައި ދިވެހިންގެ ފަރާތުން ދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) ހިމެނޭ އޮބްޒާވަރު ބޯޓުން ނިންމައިފިއެވެ.
އެ ބޯޓުގެ މިސްރާބު އެންމެ ފަހުން ހުރީ ސައިޕްރަސްއާ ދިމާލަށެވެ.
މި ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު 'އިންސްޓަގްރާމް'ގައި ހިއްސާކޮށް ޝާޒު ބުނީ، އޮބްޒާވަރު ބޯޓުގައި ތިބި މެންބަރުން ސައިޕްރަސްއަށް ނުދާން މިހާރު ނިންމައި، ފޮލޯޓިއްލާގެ ފަހަތުން 'ނުރައްކާ ޒޯނުން' އިންޓަސެޕްޝަނަކާ ހިސާބަށް ދެވޭ އެންމެ ދުރަކަށް ދާން ނިންމާފައިވާ ކަމަށެވެ.