ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅަން މަގުހަދާ ކުންފުންޏަށް ދީފި
ސަން
1 އޮކްޓޯބަރު 2025 | ބުދަ | 10:19
އއ. ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމަށް މަގު ހަދަން ޚާއްސަ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.
ކުޅިވަރު މިނިސްޓްރީން މިއަދު ވަނީ މި މަސައްކަތް ހަވާލުކޮށްފައިވާކަން އިއުލާނުކޮށްފައެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
މި މަސައްކަތް ހަވާލުކުރި އަގާއި، އެހެނިހެން ތަފްސީލް ހާމައެއް ނުކުރެއެވެ.