ނިމާލް ދޫކޮށް, ސައީދަށް ހުކުމް އިއްވުމަކީ ތަފާތު ކުރުން: ޞާލިހް
ސަން
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:56
ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި, މުޙައްމަދު ނިމާލަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ކޯޓުގައި އޮއްވައި އެކަން ނުބަލައި, ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަޙްމަދު ސައީދު މުހައްމަދުގެ މައްސަލަ ބަލައި ޖަލަށް ލުމަކީ ތަފާތު ކުރުން ކަމަށް, ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ސައީދު ޖަލަށް ލުމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އޭގެ ކުރިން ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓެއް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާއިރު އެ ކުންފުނިން އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
://../211939