ފެނަކަ ޚިޔާނާތުގައި ޞާލިޙާއި އަމީރުގެ ބައިވެރިވުން އެބައޮތް: ނާޒިމް

ސަން

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:08

މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ކަމަށް ތުހުމަތުކުރާ ބޮޑު ޚިޔާނާތުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް އަމީރުގެ ބައިވެރިވުން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ތުހުމަތުކުރައްވައިފިއެވެ.

ފެނަކައިގެ ތެރެއިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަވާ އޮޑިޓް ރިޕޯޓެއް މި ފަހުން ވަނީ އާންމުކޮށްފައެވެ.

އެ މައްސަލައިގައި ފިޔަވަޅު އެޅުން އަވަސްކުރަން ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ ޕީއެންސީން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ނާޒިމް ވަނީ އެ ޚިޔާނާތަކީ ހަމައެކަނި ފެނަކައިގައި އޭރު ހުންނެވި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިންގެވި ޚިޔާނާތެއް ނޫން ކަމަށާއި އެ ކަމުގައި އެހެން ބޭފުޅުންގެ ބައިވެރިވުން އޮތްކަމުގެ ހެކި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މައުޟޫޢުތަށް