އެޗްއާރްސީއެމްގެ ރައީސްގެ ދައުރު ހަމަވާތީ، މިނިސްޓަރުކަމުން އިސްތިއުފާދެއްވި ރަމީލާގެ ނަން ފޮނުވައިފި
ސަން
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:41
ބަލި ހާލުކޮޅުގެ ސަބަބުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޑރ. އައިޝަތު ރަމީލާގެ ނަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްވަން ރަމީލާ މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ޑިސެންބަރު އެކެއް، 2024 ގައެވެ.
އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ ދައުރު ނޮވެންބަރު 30، އަށް ހަމަވާތީ ރައީސް މުއިއްޒު މިއަދު ވަނީ އެ މަގާމަށް ކުރީގެ މިނިސްޓަރު ރަމީލާގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. އެހެންވެ، އެ ނަން ދިރާސާކުރަން ހިއުމަން ރައިޓްސް ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހު ނުވައެއްގައެވެ.