ފެނަކައިގެ 161 މައްސަލަ އޭސީސީގައި، ނިމުނު މައްސަލަތަކުން 21.4 މިލިއަން ހޯދަން އެދިއްޖެ

ސަން

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:53

ފެނަކަ ކޯޕަރޭޝަނުގެ 161 މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ނިމުނު މައްސަލަތަކާ ގުޅިގެން 21.4 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.

ނިމިދިޔަ އެމްޑީޕީގެ ފަހު ތިން އަހަރު، ފެނަކައިގެ އެތައް ޚިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ، އޮޑިޓެއް މި ފަހުން އާންމުކޮށްފައެވެ. މިގޮތުން، އެ ސަރުކާރުގެ ފަހު ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުމާއި ދެ މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން ހިމެނެއެވެ.

އެ ރިޕޯޓާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެެއިން އެ ކޮމިޝަނުން ތަހުގީގު ކުރުމުގެ އިހުތިޞާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަން ބަލައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް