ސަރުކާރަށް ވަގުތު ދެވިއްޖެ, "ލޫޓުވައިފި" އެއްވުމުގައި ބައިވެރިވާނަން: އަދާލަތު
ސަން
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:38
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ބުނެ, އެ މަނިކުފާނު ސިޔާސީ މަސައްކަތް ފެއްޓެވި ޕާޓީ, އަދާލަތުން އިދިކޮޅު އެމްޑީޕީން މާދަމާ ރޭ ބާއްވާ "ލޫޓުވައިފި, ލޫޓުވައިފި" އެއްވުމުގައި ބައިވެރިވާން ނިންމިކަން އިއުލާނުކޮށްފިއެވެ
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތާއި އެމްޑީޕީން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އެމްޑީޕީއާއި އަދާލަތު ޕާޓީން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް, ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށެވެ.
ނަމަވެސް، ދައުރު ދެބައިވެގެން ދާއިރު ގައުމުގެ ހާލަތު މުޅިން ބޮއްސުންލާފައިވާކަމަށް އެ ދެ ޕާޓީއަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.