އެމްއެމްޕީއާރުސީ ޚިޔާނާތް: މިހާތަނަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދަން އެދިފައިވާނެ
ސަން
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:38
ރާއްޖެ ދުށް އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ އެކި މައްސަލަތަކުގައި 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާނެ ކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިރޭ ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި އޭސީސީން ބުނީ، އެ ކޮމިޝަނާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 37 މައްސަލައެއް މިހާރުވެސް ތަހްގީގުކުރަމުން އަންނަ ކަމަށާއި، 161 މައްސަލައެއްގެ ތަހްގީގުތައް ނިންމައި، އެ މައްސަލަތައް މިހާރު ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ.
އަދި އިތުރު 15 މައްސަލައެއްގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭސީސީން ބުންޏެވެ.