އުމުރު ހަމަނުވާ ކުއްޖަކު އެލްކޭޖީއަށް ވައްދަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ސަން
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:25
އުމުރު ހަމަނުވެގެން ކަމަށް ބުނެ، މި އަހަރުގެ ދިރާސީ އައު އަހަރު އެލްކޭޖީއަށް ނުވެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކުއްޖަކު 15 ދުވަހުގެ ތެރޭގައި ނާސަރީން އެލްކޭޖީއަށް ބަދަލު ކުރުމަށް އަންގައި ހައިކޯޓުން ކުރި އަމުރު، ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.
ނާސަރީގައި ކިޔަވަމުންދާ ދަރިވަރަކު، އެލްކޭޖީއަށް ޕްރޮމޯޓް ކުރުމާ ގުޅޭ މި މައްސަލަ ޝަރީއަތަށް ހުށަހެޅީ އެ ކުއްޖާގެ މަންމަގެ ފަރާތުންނެވެ. މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި މިދިޔަ އަހަރުގެ ދިރާސީ އަހަރު ސުކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭ އުމުރުފުރާތައް ކަނޑައެޅިއިރު، އެ ކުއްޖާ ޕްލޭ ސުކޫލުން ބޭބީ ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާ ކަމަށާއި ޕްލޭ ސުކޫލުގައި ރިޕީޓު ކުރަން ޖެހޭ ކަމަށް ކެންގަރޫ ކިޑްސްއިން އެންގުމުންނެވެ.
އެ ނިންމުން މުރާޖާކޮށްދިނުމަށް ކުއްޖާގެ މަންމަ މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ، ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ނިންމާފައެވެ. އެ ނިންމުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުއްޖާގެ މަންމަ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.