މިދިޔަ 8 މަހު، އެހެން މީހަކު ބަލަހައްޓާ ކުދިންނަށް އެންސްޕާއިން 1.4 މިލިއަން ޚަރަދުކުރި

ސަން

3 އޮކްޓޯބަރު 2025 | ހުކުރު | 4:06

ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި، އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް, ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ އަށް މަހު 1.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އެޖެންސީން މިއަދު ބުނެފިއެވެ.

އިޖުތިމާއީ އެހީ ފޯރުކޮށްދޭ، އެންސްޕާއިން ބޭސްފަރުވާގެ އިތުރަށް އެހެނިހެން ކަންކަމަށް ވެސް މާލީ އެހީ ހަމަޖައްސައިދެއެވެ.

އެގޮތުން، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި، އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ކޮންމެ މަހަކު މާލީ އެހީ ފޯރުކޮށްދެއެވެ. އެންސްޕާއިން ވަނީ މިދިޔަ އަށް މަހު އެކަމަށް ކުރެވުނު ޚަރަދުގެ ހިސާބުތައް އާންމުކޮށްފައެވެ.

މައުޟޫޢުތަށް