ފަގީރުންގެ ދަފުތަރުގައި ހައްޖު ނުވާ 376 މީހުން، މި ސަރުކާރުން އެންމެން ހައްޖަށް ފޮނުވައިދޭނެ

ސަން

3 އޮކްޓޯބަރު 2025 | ހުކުރު | 6:12

ފަގީރުންގެ ދަފުތަރުގައި މިހާރު ހައްޖު ނުކުރެވި ތިބި 376 މީހުން ތިބި ކަމަށާއި ސަރުކާރުން މި ދައުރުގައި އެ އެންމެން ހައްޖަށް ފޮނުވައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ދެ އަހަރު ތެރޭގައި ހައްޖު ނުކޮށް ތިބި 100 ފަގީރުން ސަރުކާރުން ހައްޖަށް ފޮނުވައިފައިވާ ކަމަށެވެ.

އުއްމީދަކީ, ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުވާ އެންމެން މި ފަސް އަހަރު ތެރޭ ހައްޖަށް ފޮނުވައި ދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް