ހިޔާ ޓަވަރެއް ކައިރީ މާރާމާރީ ހިންގަނިކޮށް، ޒުވާން ދެ އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރުކޮށްފި

ސަން

3 އޮކްޓޯބަރު 2025 | ހުކުރު | 8:57

ހިޔާ ފުލެޓު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ހިޔާ ފުލެޓު ހަތެއް ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި، 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރަށް 24 އަހަރު ފިރިހެނަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ އެންމެންނަކީ ދިވެހީން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މައުޟޫޢުތަށް