މުޒާހަރާއާ ގުޅިގެން ހައިދަރު: ގާނޫނީ ވެރިކަމުގެ ދިފާއުގައި، ރައްޔިތުން ތެދުވެދީ
ސަން
3 އޮކްޓޯބަރު 2025 | ހުކުރު | 11:34
މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ބާއްވާ އެއްވުމަކީ ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި "ގާނޫނީ ވެރިކަމެއްގެ ދިފާއުގައި" ރައްޔިތުން ތެދުވުމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ރަސްމީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ހައިދަރު ލިޔުއްވިގޮތުގައި، އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަކީ ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، މުޅި ގައުމު ހަލަބޮލިކޮށްލުމަށް ކުރާ ނުބައި މަސައްކަތެކެވެ.
އެމްޑީޕީން ބޭނުންވަނީ ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށް، ވެރިކަމަށް ޖެއްސުންކުރަން ކަމަށްވެސް އޭނާ ލިޔުއްވާފައިވެއެވެ.