ސުމޫދު ފްލޮޓިލާގެ އޮބްޒާވަރު ބޯޓުގެ ދަތުރު ނިންމާލައި، ޝާޒް އެނބުރި މެލޭޝިއާއަށް
ސަން
4 އޮކްޓޯބަރު 2025 | ހޮނިހިރު | 1:02
ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރި ސުމޫދު ފްލޮޓިލާގެ އޮބްޒާވަރު ބޯޓުގެ ދަތުރު ނިންމާލައި، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޖެނެރަލް ސެކްރެޓަރީ އިބްރާހީމް ޝާޒު (ބޮޑޭ) އެނބުރި މެލޭޝިއާއަށް ގޮސްފިއެވެ.
ޝާޒް އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ ދަތުރު ނިންމާލައި އެއާޕޯޓަށް ދާން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ބޯޓުގައި ޝާޒާ އެކު ތިބި ކުރޫ ފޭބި ނަމަވެސް، އައު ކުރޫއިންނާއެކު ފްލޮޓިލާގެ އުޅަނދުތަކަށް އެހީ ފޮރުކޮށްދިނުމަށް އެ ބޯޓުން ދަތުރު ފަށާނެކަން ޝާޒް ފާހަގަކުރެއްވިއެވެ.
އެކަމަކު، އޭނާގެ ވީޑިއޯގައި އެނބުރި ދަނީ ކޮން ގައުމަކަށްކަމެއް ވިދާޅެއްނުވެއެވެ.