އެމްޑީޕީ މުޒާހަރާ: 6 މީހުންގެ ބަންދަށް 15 ދުވަސް

ސަން

4 އޮކްޓޯބަރު 2025 | ހޮނިހިރު | 1:58

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއިން ރޭ ހައްޔަރުކުރި ހަތް މީހެއްގެ ތެރެއިން އެކަކު ދޫކޮށްލައި، އަނެއް ހަ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ވަދެގަންނަން މަސައްކަތްކުރުމުން ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބައެއް މީހުން ހައްޔަރުކުރިއެވެ. އެ ޕާޓީގެ ފަރާތުންނާއި ލީޑާޝިޕްގެ ބޭފުޅުން އަންނަނީ ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ގޮވާލަމުންނެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލަކު 'ސަން'އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މުޒާހަރާގައި ހައްޔަރުކުރި ހަތް މީހެއްގެ ތެރެއިން ދޫކޮށްލީ އެންމެ މީހެއް ކަމަށެވެ. އަނެއް ހަ މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

މައުޟޫޢުތަށް