ހިޔާ ފުލެޓު ކައިރި ހިންގި މާރާމާރީ: 4 މީިހުންގެ ބަންދަށް 10 ދުވަސް

ސަން

4 އޮކްޓޯބަރު 2025 | ހޮނިހިރު | 3:49

މާރާމާރީ ހިންގަނިކޮށް، ހިޔާ ޓަވަރެއް ކައިރިން އިއްޔެ ހައްޔަރުކުރި ހަތަރު މީހުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ހިޔާ ފުލެޓު ހަތެއް ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ. އެއީ، 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރަށް 24 އަހަރު ފިރިހެނެކެވެ. މި އެންމެންނަކީ ދިވެހީން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މައުޟޫޢުތަށް