"ރޭގެ އެއްވުމުގައި 3 ފުލުހަކަށް އަނިޔާވި، ޝީލްޑާއެކު ވެއްޓުނު އަންހެން ފުލުހެއްގެ ގައިމަތިން ދިޔަ"
ސަން
4 އޮކްޓޯބަރު 2025 | ހޮނިހިރު | 6:55
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި "ލޫޓުވައިފި" އެއްވުމުގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދިން ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ.
އެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ތިން ފުލުހަކަށް އަނިޔާވި އިރު އޭގެ ތެރޭ ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ.
އެގޮތުން އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި، އެ ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ހިނގުމުންކަމަށް ފުލުހުން ބުންޏެވެ.