ކޮލެޖު ނިންމައި ގެއަށްދިޔަ 18 އަހަރުގެ ކުއްޖަކު ވެސް ރޭ ހައްޔަރު ކުރި

ސަން

4 އޮކްޓޯބަރު 2025 | ހޮނިހިރު | 8:57

އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރިއެކަކީ، ކޮލެޖް ނިންމާފައި ގެއަށް ދިޔަ 18 އަހަރުގެ ކުއްޖެއްކަން އެނގިއްޖެއެވެ.

ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލީ މި ކުއްޖާއެވެ.

އެއީ، ނ. ވެލިދޫ ޖަވާހިރުމާގެ މުހައްމަދު ހަލަފް އިބްރާހީމްއެވެ. އޭނާގެ ބަންދުން ދޫކޮށްލި ރިޕޯޓުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ، ކޮލެޖް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އެއްވެފައިތިބި މީހުންގެ ތެރޭގައި ތާށިވެފައި ހުއްޓައެވެ. އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ޒަރޫރަތެއް ނެތް ކަމަށް ބަޔާންކޮށް ކޯޓުންވަނީ އޭނާ ދޫކޮށްލާފައެވެ.

މައުޟޫޢުތަށް