ނައިބު ރައީސް ހުރީ ވެރިކަމާ ހަވާލުވާން ތައްޔާރަށް، އެމަނިކުފާނާ ވެރިކަން ހަވާލުކުރޭ: ފައްޔާޒް

ސަން

4 އޮކްޓޯބަރު 2025 | ހޮނިހިރު | 11:12

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކޮށް، ގައުމުގެ ވެރިކަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ހަވާލުކުރަން، ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، "ލޫޓުވައިފި" ނަމުގައި ރޭ އެ ޕާޓީން ބޭއްވި އެއްވުމުން ފެނިގެން ދިޔައީ އާންމުން ހުދުމުޚުތާރު ވެރިކަމަކަށް ޖާގަ ދޭން ބޭނުންނުވާ މަންޒަރު ކަމަށެވެ.

ދައުލަތުގެ ބާރުތަކާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ރައީސް ހިފަހައްޓަވައި، ސަރުކާރުން ބޭނުން ގޮތެއް ހަދަން ރައްޔިތުން ދޫކޮށްލައިގެން ތިބޭނެކަމަށް އެމަނިކުފާނަށް ހީފުޅުވިޔަސް، ރައްޔިތުން ތިބީ ހައްގުތައް ދިފާއުކުރުމުގައި ކަމަށް، ފައްޔާޒް ވިދާޅުވިއެވެ.

މައުޟޫޢުތަށް