ރަސްމާލެ ޑިޒައިންކޮށް، މާސްޓާޕްލޭން ތައްޔާރުކުރަން ލަފާދޭނެ ބަޔަކު ހޯދަނީ

ސަން

5 އޮކްޓޯބަރު 2025 | އާދިއްތަ | 10:55

ރަސްމާލެ ޑިޒައިންކޮށް މާސްޓާޕްލޭނެއް ތައްޔާރުކުރުމަށް ލަފާދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، މި ކޮންސަލްޓަންސީގެ މަގުސަދަކީ ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އަދި އިގުތިސާދީގޮތުން ފުދުންތެރި މާސްޓާޕްލޭނެއް އެކުލަވާލުން ކަމަށެވެ. މިއީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެހެންކަމުން، ރަސްމާލޭގެ މާސްޓާޕްލޭން ތައްޔާރުކުރުމަށް ލަފާދިނުމުގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކުން އެ މަސައްކަތް ކުރެވޭނެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިއުންތައް ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން އެދެއެވެ. އެގޮތުން، ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތެރޭގައި އެ ފަރާތެއްގެ ގާބިލުކަމާއި ކަމާގުޅުންހުރި ދާއިރާއިން ކުރި މަސައްކަތްތަކާ ގުޅޭ ލިޔެކިއުންތައް ހިމެނެއެވެ.

މައުޟޫޢުތަށް