6 އަހަރުގެ ކުއްޖާ ގައިގައި ޖެހުން: ސައިކަލު ދުއްވި މީހާ ދިޔައީ މަޑުނުކޮށް، ހައްޔަރުކޮށްފި

ސަން

5 އޮކްޓޯބަރު 2025 | އާދިއްތަ | 11:50

ހަ އަހަރުގެ ކުޑަކުއްޖަކުގެ ގައިގައި ސައިކަލުން ޖެހުމުން ވެސް، ސައިކަލު ދުއްވި މީހާ ދިޔައީ މަޑުނުކޮށް ކަމަށާއި މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގިގޮތުގެ ވީޑިއޯއެއް 'ފޭސްބުކް'ގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ތިނަދޫގެ މަގެއް މައްޗަށް ދުއްވައިގެން ވަގުތު އެ މަގުން ބާރަށް ދުއްވާފައި އައި ސައިކަލަކުން އައިސް ކުއްޖާގެ ގައިގައި ޖެހޭ މަންޒަރެވެ.

ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔައިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މައުޟޫޢުތަށް