އިގުތިސާދާއި ވިޔަފާރި ކުރިއެރުވުމަށް ލަންކާއާއި ބަންގްލަދޭޝްއާއެކު ރައީސް މަޝްވަރާކުރައްވައިފި
ސަން
5 އޮކްޓޯބަރު 2025 | އާދިއްތަ | 5:02
އަވަށްޓެރި ސްރީލަންކާއާއި ބަންގްލަދޭޝްއާއެކު، ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުތަކުގެ ފަރާތުން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ދިޔައީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު މުހައްމަދު ރިޒްވީ ހަސަނާއި ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުގެ ރަސްމިއްޔާތުތަކަށް ފަހުގައެވެ.
ލަންކާގެ ސަފީރު (ކ) އަދި ބަންގްލަދޭޝްގެ ސަފީރު (ވ) ފަތްކޮޅު އެރުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކީ ފޮޓޮއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް